Last Updated: October 23, 00:23
Tuesday, October 22, 2024
ޚަބަރު

ތިލަފުށިން 5.9 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

ތިލަފުށީގެ ބިން ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 'އޭރިއާ އީ' ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން ބުނިގޮތުގައި އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ އެވެ. އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިމަށް ވަނީ ހަމަޖެހިފަ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އާބަންކޯ އާއި ޗައިނާ ހާރބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.

ތިލަފުށީގެ ބިން ހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމެވެ.

އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.