މިދިޔަ އަހަރުގެ ފަހު ދެމަހު އެމްޓީސީސީން ކުރިއަށް ގެންދިޔަ ކަށަވަރު ޕްރޮމޯ 2023 ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
އެމްޓީސީސީން މިއަދު ބޭއްވި ރަސްމީއްޔަތުގައި ނަސީބުވެރި ފަރާތުގެ ނަން އިއުލާންކޮށްދެއްވީ އެކުންފުނީގެ ސީއީއޯ، އަބްދުﷲ ޒިޔާދެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ" 2023 ގެ ނަސީބުވެރި ފަރާތްތަކީ، އަހުމަދު އާލިމް – (A-214394) އެވެ. އޭނާ އަށް ލިބެނީ ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެކެވެ. މިއީ ދެލައްކަ ރުފިޔާގެ އަގުހުރި އިންޖީނެކެވެ.
ކޮންމެ އަހަރަކުވެސް އެމްޓީސީސީން ކުރިއަށްގެންދާ ކަށަވަރު ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެކުންފުނިން ބުނެއެވެ.
މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓް ތަކަކ،ީ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސ،ް ކާސްޓްރޯލް އަޑީތެޔ،ޮ ޕީޕީޖީ ކޯޓިންގްސ،ް ސްކޮޓް ބޭޑަރ ފައިބަރު ސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތަކެވެ. މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ހަރަކާތްތައް ބާއްވާފައެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.