މިހާރުގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީގަަލް ސެެކްރެޓަރީ އިމާދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ އިމާދު ވިދާޅުވީ އީސީގައި ތިއްބެވި މެންބަރުން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ވިސްނުމާއި ފިކުރު ހުރި ގޮތް ސިޔާސީ ފަރާތްތަކަށް އޮޅިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ބައި އިލެކްޝަންތައް ކާމިޔާބު ކުރެވޭ ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަނުން އުފާކުރާ އިރު، އިންތިހާބުތަކަށް ނުފޫޒް ފޯރުވާ، ފާޅުގައި އިންތިހާބުތަކުގެ މިނިވަންކަމާއި ހަމަހަކަން ގެއްލުވާލާފައިވާ ކަމަށެވެ.
"އެ ހުރިހާ ކަމެއް ދެނެ ތިބެ އިލެކްޝަންސް ކޮމިޝަން މިއަދު ނިދާފައި އޮތުމަކީ ހައިރާންވާ ކަމެއް ނޫން. ވަރަށް ސާފްކޮށް މި ދަންނަވަނީ މިހާރުގެ ކޮމިޝަނަށް އިތުބާރެއް ނެތޭ. މިހެން މިދަންނަވަނީ ފާޅުގައި ރޯމާ ދުވާލު އިންތިހާބުތަކަށް ނުފޫޒް ފޯރުވާ ކަޅު ފައިސާ އާއި ވަޒީފާގެ ބިރު ދައްކަމުންދާއިރު ކޮމިޝަނުން މިކަންކަން ނުބަލާތީ،" އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ބައި އިލެކްޝަނެއް ކާމިޔާބުވެގެން ޕީޕީއެމުން އެ ވާހަކަ ދައްކާ އިރު ރައްޔިތުންގެ ތާއީދު އޮތްތޯ ބަލާލަން ވޯޓަކަށް ވަޑައިގަންނަވަން ނުކެރޭނެ ކަމަށެވެ.
"ހަމަ ޗެލެންޖުކޮށްފައި މި ދަންނަވަނީ ރައްޔިތުންގެ 15 ޕަސެންޓް ތާއީދު ވެސް ނުލިބޭނެ." އިމާދު ވިދާޅުވި އެވެ.
މިހާރުގެ އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރައްވާ ކަމަށް އިމާދު ވިދާޅުވާއިރު އެކޮމިޝަންގެ ރައީސް އަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމން ލީޑަރު ކަން ކުރެއްވި ޕީޕަލްސް އެލަޔަންސުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ޔާމިންގެ އަރިސް ބޭފުޅެއް ކަމުގައިވާ އަހްމަދު ސުލައިމާނެވެ.