ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި އެވެ.
އެ ޓީމުން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓްގައި އިއްޔެ ރޭ ކުޅުނު ފައިނަލް މެޗްގައި ކުލަބު އާބަންކޯއާ ބައްދަލުކޮށް 3-1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢު ޝަރަފުވެރިކޮށް ދެއްވި މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބު ޖާޒީ ނަންބަރ 14، ސްޓާފް ސާޖަންޓް އާދަމް ނަސީމެވެ.
މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ދިވެހި ސިފައިންގެ ކުލަބުގެ ޖާޒީ ނަންބަރު 7، މުބައްޝަރު ރަޒާ ހޮވުނު އިރު، މުބާރާތުގެ މޯސްޓް ވެލުއަބަލް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބު ޖާޒީ ނަންބަރު 10، ޕްރައިވެޓް ޙުސައިން ރައްޒާނެވެ.
"ގައުމީ ވޮލީބޯޅަ މުބާރާތް 2023" ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޭ ސެޓްފިކެޓް، މެޑަލް އަދި ޓްރޮފީ ހަވާލުކޮށް ދެއްވީ މިނިސްޓަރެވެ.