Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

އަމީނީ މަގު އެއްކޮށް ހުޅުވައިފި

ފޮޓޯ: އާރްޑީސީ

އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގައި ތާރުއަޅާ ނިންމައި މަގު ހުޅުވައިފިއެވެ.

އަމީނީ މަގު އެއްކޮށް އިއްޔެ ހުޅުވާލައިފައިވާއިރު އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ އަމީނީ މަގު އިއްޔަ ހުޅުވާލީ، މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރުއަޅާ ނިންމާލާފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ.

ތާރުއަޅާ ނިންމާލިނަމަވެސް އަމީނީމަގު ހުޅުވާނުލާ މަޑުކުރީ މަގުގައި އިތުރަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަމީނީ މަގުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިންމާފައެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ ހަމައަށް މަގުގެ މަސައްކަތް ވަނީ ނިންމާފައެވެ.