Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އަށް

ފާއިތުވި 24 ގަޑިއިރު ތެރޭގައ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް ކަމަށް މޫސުމާ ބެހޭ އިދާރާ އން ބުނެފި އެވެ.

އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެ ގެއްލުންތައް ވެސް ވެފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ އަށް ޖުމްލަ މާލެ159.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 143.4 މިލިމީޓަރުގެ ވާރެ އެވެ. އަދި ހުޅުމާލެ އަށް 105.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ކާށިދޫ (68.3 މިލިމީޓަރު)، އދ. މާމިގިނލި (62.5 މިލިމީޓަރު)، އއ. ތޮއްޑޫ (54.6 މިލިމީޓަރު) އަދި ގދ. ތިނަދޫ (53.3 މިލިމީޓަރު) އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު ވެސް އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރައި ބައެއް ސަރަހައްދުތަކަށް އުދަވެސް އެރުން އެކަށީގެންވާ ކަމަށެވެ.