ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި ރާއްޖެވަޑައިގެންފިއެވެ.
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި ރައީސްގެ ދެކަނބަލުންވަނީ ޗައިނާގެ އެކި ތަންތަނަށް ޒިޔާރާތްކުރައްވާފައެވެ.
މީގެއިތުރުން އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެން ޗައިނާގެ އިންވެސްޓަރުންނާވެސް ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅުގައި ޗައިނާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވެއެވެ.