Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

ޗައިނާއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ

ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން ހާމަކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރުމަށް ޗައިނާއިން ހިލޭ އެހީގެގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިފައިސާގެ ތެރެއިން ބޮޑު ބައެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިދަތުރުގައި ޗައިނާއެކު ގިނަ އެއްބަސްވުންތަކެއް ގާއިމުކުރެވުނު ކަމަށާއި، އެގޮތުން ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ގާއިމުކުރުމަށް އެއްބަސްވެވުނު ކަމަށާއި، މިފަހުން އާންމުކޮށްފައިވާ އެއާޕޯޓުގެ ކޮންސެޕްޓާ އެއްގޮތަށް ތަރައްގީކުރުމަށް އެއްބަސްވެވުނުކަމަށާއި، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކޮމާޝަލް ސަރަހައްދެއްގެ ގޮތުން 7 އިމާރާތް އެޅުމަށް އެއްބަސްވެވުނު ކަމަށެވެ. އަދި ޗައިނާގެ އެހީގައި ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވެވުނުކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަަވުން ރައީސް ވިދާޅުވީ ޗައިނާއަސް ދައްކަންޖެހޭ ދަރަނި ފަސްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.