Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

މުސްލިމު ވޯލްޑް ލީގްގެ ޑެޕިއުޓީ އެސްޖީއާ ޝަހީމް ބައްދަލުކޮށްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މުސްލިމު ވޯލްޑް ލީގްގެ (ރާބިޠަތުލްޢާލަމިލްއިސްލާމީ) ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްރަޙްމާން ބިން އަބްދުﷲ ޒައިދު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ރާބިޠާގެ ހެޑް އޮފީހުގައި މިއަދު ހެނދުނުއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ރައީސް ޑރ. މުޙަހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ރާބިޠަތުލްޢާލަމިލްއިސްލާމީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، އިސްލާމިކް މިނިސްޓްރީއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިއާދަކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކުރުމުގައި ރާބިޠާގެ އިސްލާމީ ފިޤުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގަތެވެ.