Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

ނަތީޖާ ނުނެރޭ ކުންފުނިތަކާ މެދު ގޮތެއް ނިންމަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން- ފޮޓޯ: ރައީސް އޮފީސް

އެކަށީގެންވާ ނަތީޖާއެއް ނުނެރޭ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ރީސްޓްރަކްޗަރ ކުރަންޖެހޭ ކުންފުންޏެއްނަމަ ރީސްޓްރަކްޗަރ ކޮށް، އުވާލަންޖެހޭ ކުންފުންޏެއްނަމަ އުވާލުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އެކަށީގެންވާ ނަތީޖާ ނުނެރޭ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ޕާފޯމަންސް ރަނގަޅުކުރުމަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ ހަމައަށް މުއްދަތުދޭން ނިންމާފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ހާލަތުގައި ރީސްޓްރަކްޗަރ ކުރަން، މާޖު ކުރަން ނުވަތަ އުވާލަން މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިގެއިތުރުން ގިނަ މަޝްރޫއުތަކެއް ހުއްޓިފައިހުރިކަމަށާއި އެހެންކަމުން އެމްޓީސީސީފަދަ އިތުރު ކުންފުންޏެއް އުފެއްދުމުގެ މަޝްވަރާވެސް ކުރިއަށްދިޔަ ކަމަށް ވިދާޅުވިއެވެ.