ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ އެމްއެންޑީއެފުން ބުނެފި އެވެ.
އެތަމުން ބުނީ ހަވާ އަރުވަން ހަަމަޖެހިފައި ވަނީ މިރޭ 10 :00ގައި ކަމަށާއި ހަވާ އަރުވާނީ 3 މިނެޓަށް ކަމަށެވެ. ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުއްޓަކީ މިހާރު ހުޅުމާލޭގެ ބައެެއްގެ ގޮތުގައި އޮންނަ ތަނެކެވެ.
ފަރުކޮޅުފުށީގައި ބާއްވާ ޕްރައިވެޓް ހަފުލާއެއްގައި، މިރޭ 22:00 ހާއިރު، ފަރުކޮޅުފުށީ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަން. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު.
— Maldives National Defence Force (@MNDF_Official) January 14, 2024
މިއީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓަކާ ގުޅިގެން އަރުވައިދޭ ހަވާގެ ހަރަކާތެކެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ނަމަ ހަވާއަރުވައި ދެނީ މިނިޓަކަށް ގާތްގަނޑަކަށް 600-1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
މީގެ ކުރިން ވެސް އަމިއްލަ އެކިއެކި ފަރާތްތަކުގެ އިވެންޓްތަކުގައި އެމްއެންޑީއެފުން ހަވާ އަރުވައި ދީފައިވެ އެވެ.