Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

އީސީ އަށް ލަފާދޭ ކޮމިޓީގައި ޑިސަބިލިޓީ ޖަމިއްޔާއެއް

މި އަަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަމްސީލުކުރާ ޖަމިއްޔާއެއް ހިމަނަން އިލެކްޝަންސް ކޮމިޝަން އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ ކޮމެޓީގައި ހިމެނުމަށް ޝައުގުވެރިވާ ޖަމްޢިއްޔާތަަކަށް އެކަމަ އެދި ހުށައެޅުުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކޮމިޓީގައި ހިއްސާވާން އެދި ހުށަހަޅާ ޖަމިއްޔާއެެއް ވާން ޖެހޭނީ ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާއަކަށެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، މިމަހުގެ 28ގެ ކުރިން ނަން ހުށައެޅޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އީސީން ބުނީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރާ ޖަމިއްޔާތަކުގެ ތެރެއިން، ލަފާދޭ ކޮމިޓީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ޖަމިއްޔާއެއް ކަނޑައަޅާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނެ އަދި އެ ފަރާތްތަކުގެ ލަފާ އަދި ކަންބޮޑުވުންތައް ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ ރަނގަޅަށް ބަޔާން ކުރެއްވޭނެ ކަމަށް، ކޮމިޝަނަށް ޤަބޫލުކުރެވޭ ޖަމްޢިއްޔާއެއް ކަމަށެވެ.

އަންނަ މާރިޗުމަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަމްސީލުކުރާ ޖަމިއްޔާއެއް ހިމަނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ ކޮމެޓީގައި ހިމެނުމަށް ޝައުގުވެރިވާ ޖަމްޢިއްޔާތަަކަށް އެކަމަ އެދި ހުށައެޅުުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، މިމަހުގެ 28ގެ ކުރިން ނަން ހުށައެޅޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިކަމަށް އެދި ހުށައަޅަން ޖެހެނީ ޖަމިއްޔާގެ ޕްރޮފައިލް އަދި ރަސްމީ ލެޓަ ހެޑުގައި އީސީގެ info@elections.gov.mv މެއިލަށެވެ. އަދި ފޮނުވި ތަކެތި ލިބުނުތޯ ކޮމިޝަންގެ ފޯން ނަންބަރު 3004450 އަށް ގުޅައި ކަށަވަރު ކުރަން ވެސް އެދިފައިވެ އެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް 17 ގަ އެވެ.