ކަންކަމުގައި ގޮތް ނިންމެވުމުގައި ރައީސް ޑރ. މުހައްމަދު ވަރަށް ކުޅަދާނަ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ތައުރީފު ކުރައްވައިފި އެވެ.
އެމްޑީޕީ ދޫކުރައްވައި ދާދި ފަހުން ވެރިކަން ކުރާ، ޕީއެންސީއާ ގުޅިވަޑައިގަތް މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ހީކުރި ވަރަށް ވުރެ ރައީސް މުޢިއްޒު ކުޅަދާނަ ކަމަށެވެ.
Heekurevunu varah @MMuizzu kulhadhaana.Decision nangavaaleh haluvi vefa avas.Raajjeah kurimathi vefa huri gonjehun ginaguna.Mifadha undhagoo dhathi dhadivalhu thakuga visnun theri kamaa hikumaitheri kamaa eku haluvi speed ga kankan leaderakah gaumu beynun vanee
— Ibrahim Shareef (@AdduShareef) January 15, 2024
"ޑިޒިޝަން ނަންގަވާލެއް ހަލުވިވެފައި އަވަސް. ރާއްޖެ އަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަގުނަ،" މަވޯޓާ ވިދާޅުވި އެވެ. "މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ހަލުވި ސްޕީޑްގައި ކަންކަން ކުރާ ލީޑަރެއް ގައުމު ބޭނުން ވަނީ."