މުޅި ޖުމްލަ 300،000ރ. ގެ އަގުހުރި އިނާމުތަކާއިއެކު ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅުވައިގެން ބާއްވާ އެސްޓީއޯ ރަމަޒާން ބާޒާރު އެސްޓީއޯއިން ފަށައިފިއެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ. މިއަހަރު ރަމަޒާން ބާޒާރުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ބޮޑެތި ޑިސްކައުންޓުތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެގޮތުން ކުރާ 1000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއަހަރު ރަމަޒާން ބާޒާރު 3 ބަޔަކަށް ބަހާލެވިފައިވެއެވެ. އެގޮތުން މުޅި ޕްރޮމޯޝަން ތެރެއިން އެސްޓީއޯގެ އައުޓްލެޓުތަކުން ވިއްކާ މުދަލަށް 25 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި މުޅި ގުރުއަތުން ހޮވޭ ފަރާތްތަކަށް މުޅި ޖުމްލަ 300،000ރ. ގެ އަގުހުރި އިނާމުތައް ލިބިގެންދާ ކަަމަށް އެސްޓީއޯއިން ބުނެއެވެ.
މިފަހަރު ޕްރޮމޯޝަންގައި ރޯދައިގެ ކުރިން އެއް ގުރުއަތު އަދި މުޅި ޕްރޮމޯޝަން ނިންމާލުމަށް ފަހު އެއް ގުރުއަތު ނަގާއެވެ.
ރޯދައިގެން ކުރިން ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް:
- 75000ރ. ގެ އަގުހުރި ބަދިގެ ސެޓެއް
- ހޯމް އެޕްލައެންސް ޕެކޭޖެއް
- 3 ކޮޓަރީގެ އެޕާޓްމެންޓުގައި ލާނެ ކުލަ އަދި ކުލަ ލައިދިނުން
މުޅި ޕްރޮމޯޝަން ނިންމާލުމަށް ފަހު ނަގާ ގުރުއަތުން ހޮަވޭ ފަރާތްތަކަށް:
- ތުރުކީ ދެކޮޅު ޓިކެޓު ދެ މީހަކަށް
- ހޯމް އެޕްލައެންސް ޕެކޭޖެއް
- 65 އިންޗީގެ ފިލިޕްސް ޓީވީއެއް
މީގެ އިތުރުން ރޯދަމަހުގެ ތެރޭ ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ގިފްޓް 2500ރ. ގެ ގިފްޓް ވައުޗަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހަކު ބައެއް އައިޓަމް ތަކުން ޑިސްކައުންޓް ލިބިގެން ދާނެއެވެ. އަދި އީ ސްޓޯރުން މެދުވެރިކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެއެވެ. އެގޮތުން ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެއެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށް ދާގަޑީގައި ކަސްޓަމަރުން އަމިއްލަފުޅަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތުލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ފާހަގަ ކުރެއެވެ.