ވިޔަފާރި ގުޅުންތައް ޤާއިމް ކުރުމަށް ދިވެހި ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، މިއަދު ވެލާނާ އެއާޕޯޓު ކާގޯ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސައީދުގެ ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމަވާފައިވާ ގޮތަށް ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމްކޮށް ކޮންޓެންޓް ކްރީއޭޝަންއަށް މަގުފަހި ކުރަން ޕޭއިޕާލްގެ ޚިދުމަތް ހޯދުން މުހިންމު ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދު އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއި ބައްދަލުވިއިރު އެ ވާހަކަ ދަންނަވާފައިވާ ކަމަށް ވިދާޅުވިއެވެ.
" މިތާނގައި އެމެރިކާ ސަފީރުވެސް އެބަހުންނެވި. އެ ބޭފުޅުންނަށް ޕްރިއޯރިޓީއެއްގެ ގޮތުގައި އެވާހަކަ ވާނީ ދަންނަވާފައި. އަދި މިހާތަނަށް ދިވެހި ރާއްޖޭގެ ސަރުކާޜުގެ ޓްރޭޑް ވަފުދަކަށް އެމެރިކާއަށް ދިއުމުގެ ފުރުސަތެއް މިހާތަނަށް ދީފައި ނެތް. ނަމަވެސް މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް ވަނީ އެ ފުރުސަތު ލިބިފައި. " ސައީދު ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު، މިއަދު އެމެރިކާގެ ވަފުދެއް ވަނީ އިކޮނޮމިކް މިނިސްޓަރ ސައީދާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި ޓްރޭޑްނެޓް އަދި ބީސީސީގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމެރިކާ ސަފީރު ހޫގޯ ޔޫހޯ ޔޮން އާއި އެސިސްޓެންޓް ޓްރޭޑް ރިޕްރެޒެންޓޭޓިވް ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ބްރެންޑަން ލިންޗް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
The Minister of Economic Development & Trade Mr. @em_saeed, along with senior ministry officials, @tradenet_mv, & @BCC_mv met with U.S Ambassador to the Maldives, H.E Hugo Yue-Ho Yon, Acting Assistant U.S. Trade Representative for South and Central Asia, Mr. Brendan Lynch and, pic.twitter.com/aqQ6ywnS46
— Ministry of Economic Development and Trade (@MoEDmv) January 15, 2024
މި ބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމަކީ، ކުރިއަށް އެމެރިކާއެކު ވިޔަފާރި ގުޅުން ޤާއިމް ކުރުމަށް ބޭނުންވާ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށް މަޝްވަރާ ކުރުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ޕޭއިޕާލް ފަދަ ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތައް ރާއްޖެ ގެންނާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. މިމަސައްކަތް ކުރުމަށް އެމެރިކާ ސަރުކާރާއި މަޝްވަރާ ކުރަން ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.