Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު

ޕީއެންސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ނުވަތަ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އެ ޕާޓީން އާންމުކޮށްފިއެވެ.

މި ލިސްޓު އާންމުކޮށް ކުރި އިއުލާނުގައި ބުނީ އިޢުލާނުގައި ބުނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 27 ޖަނަވަރީ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިއާއެކު މި ޕްރައިމަރީގައި ވޯޓު ލެވޭ ކޯލިޝަންގެ މެންބަރުންގެ ލިސްޓު މިހާރު ޕީއެންސީ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މިހާރު ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 6:00 ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ. ޝަކުވާ ހުށަހަޅާނީ ޕީއެންސީ އޮފީސް (ސީ ޓްރެކް ބިލްޑިންގ 7 ވަނަ ފަންގިފިލާ) އަށް ނުވަތަ registrar@pmnc.mv އޮފީހަށެވެ.

އެ ކޯލިޝަނުން ވަނީ އޭގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ. މި އިންތިހާބަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މި މަހުގެ 30 ގައި ހުޅުވައިލާނެ އެވެ.