އައްޑޫ ހުޅުދު އަށް ވަކި ރަށު ކައުންސިލެއް އޮންނަން ޖެހޭ ކަމަށް ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވެސް ގަބޫލުކުރައްވާ ކަމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރާ އެކީ ބޭއްވި ބައްދަލުވުމަކަށް ފަހު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް ބައްޓަންވެފައޖި އޮތް ގޮތުން ހުޅުދު އަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މިނިސްޓަރާ އެކީ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
"[އެގޮތުން] ހުޅުދު އަށް ވަކި ރަށު ކައުންސިލެއް ލިބެން ޖެހޭ ކަމަށް ޙުދު މިނިސްޓަރު ގަބޫލު ކުރައްވާކަން ފާހަގަކުރައްވައި މިކަމުގައި ކުރިއަށް ދާން އެދުނު." ޝަރީފު ވިދާޅުވި އެވެ.
Addu City Council battanvefa oi gothun S.Hulhudhoo ah dhimaavaa gonjehunthakaai gulhey gothun Minister @Adamshareefz aai eku vevunu mashvaraa ga Hulhudhoo ah vaki rashu councileh libenjehey kamah khudhu Minister vess gaboolu kuravvaakan faaahanga kuravvaa mi kamuga kuri ah dhaan… pic.twitter.com/SDdmMVqaAL
— Ahmed Shareef (@shar_f) January 16, 2024
އޭނަ ވިދާޅުވީ މިނިސްޓަރާ އެކީ ބޭއްވި ބައްދަލުވުމުގައި ހުޅުދޫގެ ލޭންޑް ޔޫޒް ޕްލޭން ނުނިމި އޮތް މައްސަލަ ވެސް ހިއްސާކުރެއްވި ކަމަށެވެ.
"މުޅި އައްޑޫގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު، އެކަހެރިކޮށް އޮތް ހުޅުދު އަށް ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު." ޝަރީފު ވިދާޅުވި އެވެ.
ހުޅުދު އާއި މީދު އަކީ އައްޑޫގެ މީހުން އުޅޭ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. އެ ދެ އަވަށް އޮންނަނީ އައްޑޫގެ އެހެން އަވަށްތައް ވެސް ގޮތަށް އެއްފަސްކޮށް ގުޅިފަ އެވެ.
ހުޅުދު އަށް ވަކި ރަށު ކައުންސިލެއް ބޭނުންވާ ކަމަށް ޝަރީފު ވަކާލާތު ކުރައްވާ އިރުމ އޭނަ ނިސްބަތްވާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މި ވާހަކަ ކުރިން ވެސް ދައްކާފައިވެ އެވެ. އެގޮތުން ހުޅުދު އާއި މީދު އަށް ވަކި ރަށު ކައުންސިލެއް އޮންނަން ޖެހޭ ކަމަށް "އަފިރިންގެ ކައުންސިލް އަފިރިންނަށް" ގެ ނަމުގައި ސޮއިކުރި ޕެޓިޝަނެއް މީގެ ތިން އަހަރު ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީ) އަށް ވެސް ހުށަހެޅި އެވެ.
Laamarukazee qaaoonuge roohaai ehgothah veehaaves gaathun hidhumah libigathumah Hulhudhoo aai Meedhooge gina Rahyithun edheythee ekamah kuramundhaa masahkathuge petition miadu Majlis ge raeesah, LGA ge raeesah, EC ge raeesah, Hulhudhoo adhi Meedhooge MPs ah fonuvaifin. @ibusolih pic.twitter.com/9JYFZFtHcY
— Ahmed Shareef (@shar_f) January 22, 2020
އެކަމާ ގުޅިގެން އޭރު އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލާ ވަކިން ހުޅުދު އާއި މީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހުޅުދު އާއި މީދޫ އައްޑޫގެ އެހެން އަވަށްތަކާ ވަކިން އޮތަސް ކައުންސިލުން ނިންމާ ނިންމުންތަކާއި އަދި ޖުމްލަކޮށް މުޅި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހުރިހާ އަވަށެއްގެ ބައިވެރިވުން އެއްވަރަކަށް އޮވެގެން ކަމަށް ވެސް މޭޔަރު ވިދާޅުވެފައިވެ އެވެ. އެހެންވެ އެ ދެ އަވަށް ތަފާތުކުރާ ކަމަށް ބުނެ ދައްކާ ވާހަތަކުގައި ހަގީގަތް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.