ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވައިދޭ މީހުންގެ ދަފުތަރެއް އެކުލަވާލަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު ހުށަހެޅުމަށް އެދިފައިވެ އެވެ. ފޯމް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެބްސައިޓުން ލިބޭނެ އެވެ.