Last Updated: September 19, 20:48
Thursday, September 19, 2024

* ބޭނުންވާ ތަކެތި:

300 ގްރާމް ބާސްމަތީ ހަނޑޫ (ކައްކާފައި)

1 ގްރާމް ފޮނިތޮށި

5 ގްރާމް ކާފޫރު ތޮޅި

200 ގްރާމް ކެބެޖް

1 ގްރާމް މޭސް

6 މިރުސް (ކުދިކޮށް ކޮށާފައި)

1 ގްރާމް ނަޓްމެގް

20 އެމްއެލްގެ އޮލިވް އޮއިލް

200 ގްރާމް ޓޮމާޓޯ ޕިއުރީ

20 ގްރާމް ފެޓާ ޗީޒް

50 ގްރާމް ބަޓަރު

5 ގްރާމް ލޮނު


* ތައްޔާރު ކުރާނެ ގޮތް:

jlk

އެންމެ ފުރަތަމަ ފޮނިތޮށިކޮޅާއި ކާފޫރު ތޮޅި، ލޮނު މިރުސް އަދި ނަޓް މޭސް އަޅާފައި ބަތް ކައްކާށެވެ.

އެއަަށް ފަހު ކެބުން ފަތްތައް ވަކިކޮށް ހޫނު ފެނުގައި މަޑުކޮށްލުމަށް ފަހު، ފިނި ވަންދެން ބަހައްޓާށެވެ.

ދެން މަޑު ކުރި ކެބެޖް ފަތުގެ ތެރެއަށް ކުރިން ކެއްކި ބަތުން ބަތް އަޅާފައި، ރީތިކޮށް އޮަޅާލާށެވެ. އެއަށް ފަހު އަވަނުގައި 20 މިނިޓް ވަންދެން ފިހެލާށެވެ.

ދެން އެއާ އެއްކޮށް ކާލަން ބޭނުންވާ ސޯސްގަނޑު ތައްޔާރު ކުރާނީ ޓޮމާޓޯ ޕިއުރީ އާއި ޗީޒް އަދި ބަޓަރު އެއްކޮށްލައިގެންނެވެ. އެ ތިން ބާވަތް އެއްކޮށްފައި ރަނގަޅު މިކްސްވުމުން ބަތް އަޅާފައި ހުރި ކެބެޖް ރޯލް ސޯސްއާ އެއްކޮށް ކާލަން ވަަރަށް މީރު ވާނެ އެވެ.