Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު

ފައްޔާޒު ސަރުކާރަށް: މާމުއި ހަނދުވަރު ރޭތައް ނިމިއްޖެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ސަރުކާރަށް މާމުއި ހަނދުވަރު ރޭތަށް ނިމިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމާއި ޚުދުމުޙުތާރުކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"މުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއަޔީ. އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ. الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ. " ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދަޅުވެފައިވާއިރު، މާލޭ ސީޓީ މޭޔަރ ކަމުގެ ބައިއެލެކްޝަން ކާމިޔާބު ކޮށް އެޕާޓީން ބޭއްވި އުފާފާޅު ކުރުމުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން މާލޭގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަން ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ސަރުކާރަށް އޭގެ ކުރިން ސަރުކާރަށް މިދިނީ ވަގުތުކޮޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ދެން ބަލަން ތިބެވެން ނެތް ކަމަށާއި ކުރީ ސަރުކާރުގެ ގިނަ މަސައްކަތްތައް މި ސަރުކާރުން ހުއްޓުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.