Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ސީޒަން ލަންކާ ހައި ކޮމިޝަންގެ މަޤާމަކަށް

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މަސައްކަތް ކުރި، ފިލްމީ ތަރީ އަލީ ސީޒަން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ މަޤާމަކަށް އައްޔަންކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޒަން އައްޔަން ކޮށްފައިވަނީ ލަންކާ ހައިކޮމިޝަނުގެ ފަސްޓް ސެކެރެޓަރީގެ މަޤާމަށެވެ. ނަމަވެސް އެ މަޤާމަށް އޭނާ އައްޔަން ކުރެވުނު ތަރީހެއް އެނގިފައި ނުވެއެވެ.

ސީޒަން ސިޔާސީ ދައިރާއިން މާބޮޑަށް ފެނިގެން ގޮސްފައި ނުވި ނަމަވެސް، އޭނާ ވަނީ މިފަހަރު މަޖިލީސް އިންތިހާބުގައި ތުލުސްދޫ ދައިރާއަށް ވާދަކުރަން ނިންމާ އެކަން މީގެ ކުރިން އިއުލާންވެސް ކޮށްފައެވެ. އެއީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވާދަ ނުކަން ނިންމާފައިވާކަން ހާމަކޮށް އެކަން އަވަސް ތާރީހެއްގައި ހާމަކުރާނެ ކަމަށް ބުނެފައެވެ.

ސީޒަން ވަނީ ދާދި ފަހުން ފިލްމީ މަސައްކަތުން ބްރޭކެއް ނަގާފައިވާ ކަން ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ