Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތް މަދު

މިދިޔަ އަހަރު މުދަލު ޒަކާތަށް ލިބުނު އަދަދު އޭގެ ކުރީ އަހަރަށް ވުރެ ދަށްވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މުދަލު ޒަކާތަށް ލިބުނީ 89.5 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު މުދަލު ޒަކާތަށް 92.6 މިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ މިއީ 3 ޕަސެންޓްގެ ދަށްވުމެކެވެ.

މުދަލު ޒަކާތުގެ ނިސާބަކީ މިހާރު 7151.90ރ. އެވެ.