މާލޭގެ އަމީނިއްޔާ ސްކޫލުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، ވައްކަންކޮށްފައި ވަނީ ސްކޫލްގެ ޕްރިންސިޕަލްގެ ކެބިންގެ އިތުރުން ލީޑީން ޓީޗާސް ރޫމާއި ސްޓާފް ރޫމުންމެވެ.
ނަމަވެސް ވަގަށް ގެންދިޔަ ތަކެއްޗާ ބެހޭ އެއްވެސް ތަފުސީލެއް ނުލިބެ އެވެ. ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އެވެ.
ރާއްޖޭގައި ސްކޫލްތަކުން ވައްކަން ކުރުމަކި އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު ވައްކަމުގެ މައްސަލަތަކަކީ ފުލުހުންނަށް ރިޕޯޓްކުރެވޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލަ އެވެ.