ރާއްޖޭގައި ތަރައްގީގެ ސަރަހައްދުތަކާއި އާބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލަން ސަަރުކާރުން ނިންމައިފި އެވެ.
އެގޮތަށް އިއްޔެ ނިންމީ ހައުސިން މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހު އެވެ. އެ ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރާއްޖޭގައި ތަރައްގީގެ ސަރަހައްދުތަކާއި އާބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ވަޒީރުންގެ މަޖިލީހުގައި ނިންމި އެވެ.
އޭގެ ތެރޭގައި ވަކިވަކި އާބަން ރީޖަންތަކާއި އަދި އާބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުންކޮށްގެން ތަފްސީލީ ސްޓަޑީ ހަދުން ހިމެ ނެ އެވެ. އަދި ދިސާރާތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށާއި، އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް ނުވަތަ ކްރައިޓީރިއާތަކާއި ލެވަލްތައް ކަނޑައެޅުއްވުން ހިމެނެ އެވެ.
މީގެ ތެރޭގައި އާބަން ސެންޓަރުތައް ޖުމްލަ ތިން ދަރަޖައަކަށް ބަހާލުން ވެސް ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދަހާނުގައި ހިމަނާފައިވެ އެވެ.
ރާއްޖޭގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް ސިޔާސަތެކެވެ.