އައްޑޫގައި ފެނުގެ ނިޒާމާއި ކުނި މެނޭޖްކުރަން ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މި ވަގުތު ހުންނެވީ އައްޑޫގަ އެވެ. އަދި މި ދަތުރުގެ ތެރެއިން މިނިސްޓަރާއި އެ މަނިކުފާނުގެ ޓީމް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް، އައްޑޫގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވައި ހިޔާލާއި މަޝްވަރާ ވެސް ހޯދާފައިވެ އެވެ.
އެގޮތުން އައްޑޫގެ ކުނި މެނޭޖްކުރަން ހުރި ދަތިތަކާއ ފެނުނުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ،. އެކަންކަން ރަނގަޅު ކުރަން ހާއްސަކޮށް އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކައުންސިލާ އެކީ ބައްދަލުވުމުގައި އައްޑޫގައި ރަނގަޅުކުރަން ހުރި ކަންކަން ކައުންސިލްތަކުން ހިއްސާކުރެއްވި. ހުރިހާ ކައުންސިލަރުން ވެސް އައްޑޫ ސިޓީގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް، މިހާރަށް ވުރެ ރަނގަޅަށް އެކަންތައް ކޮށްދިނުމަށް އެދިވަޑައިގަތް" ތޯރިގު ވިދާޅުވި އެވެ.
އައްޑޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވެމްކޯއިންނެވެ. ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ވެސް އައްޑޫގައި ގާއިމުކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ފެސިލިޓީ ވެމްކޯއާ ހަވާލުކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގައި ކަރަންޓާއ ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ފެނަކައިގެ އައްޑޫ ކެޕޭސިޓީ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެގޮތިން އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް މިހާރު ފެނުމުގެ ފެނުގެ ޚިދުމަތް ދެމުން އަންނަނީ ޕްލާންޓަކުންކަން ކަމަށްވާތީ އޭގެ ދަތިކަން ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެގޮތަށް ޚިދުމަތް ދެމުން އަންނަ ނަމަ ފެން ކެނޑުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީން އަންނަ ކަމަށް ވިދާޅު ވިދާޅުވި އެވެ. އަދި މެދުކެނޑުމެއްނެތި 24 ގަޑިއިރު އައްޑު އަށް ފެނުގެ ޚިދުމަތް ލިބޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދާދި ފަހުން ވެސް އައްޑޫން ފެނުގެ ހިދުމަތް ކެނޑި އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުނެވެ.