ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ފޯ ސީޒަންސް ރިސޯޓްސް އިން ބާއްވަމުން އަންނަ އެޕްރެންޓިސް ޕްރޮގްރާމްގެ މި އަހަރު ފަށާ ބެޗަށް މީހުން ނަގަން ތައްޔާރުވާން ފަށައިފި އެވެ.
އެގޮތުން މިކަމަށް ހާއްސަކޮށްގެން ބާއްވާ މައުލޫމާތު ދިނުމާއި އިންޓަވިއު ސެޝަންތައް އަންނަ މަހުގެ ތެރޭގައި ފަށަން ނިންމައި އެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ފޯ ސީޒަންސް އިން ބުނީ އަންނަ މަހުގެ 11 އިން މެއި 19 އާ ހަމައަށް ސެޝަންތައް ބާއްވާނެ ކަމަށާއި ޖުމްލަ 14 ރަށެއްގައި އެކަން ކުރިއަށް ދާނެ ކަމަށެވެ.
އޭގެ ތެރޭގައި އައްޑޫ ހިތަދު އާއި ހުޅުމީދޫ ވެސް ހިމެނެ އެވެ. ހުޅުމީދޫގައި ސެޝަން ބާއްވާނީ އެޕްރީލް 29 ގަ އެވެ. އަދި ހިތަދޫގައި ބާއްވާނީ އެ މަހުގެ 30 ގަ އެވެ.
ފޯ ސީޒަންގެ އެޕްރެންޓިސް ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 16-20 އަހަރުގެ ޒުވާނުންނަށެވެ. އެހެންވެ މިއީ އޯ ލެވެލް އަދި އޭ ލެވެލް ނިންމާފައިވާ ޒުވާންނުންނަށް ކުރިއަށްދާ ހުޅުވައިލެވޭ ދޮރަކަށް ވާނެ އެވެ.
އެފްރެންޓިސް ޕްރޮގްރާމްގައި ޓޫރިޒަމްގެ ސިނާއަތުގެ މައިގަނޑު ދާއިރާތަކުން ތަމްރީނު ލިބިގެން ދާނެ އެވެ. މި އަހަރު ފަށާ ބެޗް ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން 22 އިން އަންނަ އަހަރުގެ ޖޫން 22 އަށެވެ.