Last Updated: November 27, 17:17
Wednesday, November 27, 2024
ޚަބަރު

ރައީސް ދައްކަވަނީ ޖާބިރު ދައްކަވާ ޒާތުގެ ވާހަކަތަައް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދައްކަވަނީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ދައްކަވާ ކަހަލަ ހޮޅި ވާހަކަ ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މުހައްމަދު މަޖިލީހު ފާޑުވިދާޅުވެއްޖެ އެވެ.

ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލުން ގުޅައިލައްވާނެ ކަމަށް ރައީސް ރޭ ވިދާޅުވުމާ ގުޅިގެންް އެކަމަށް "ޖޯކު ޖައްސަވައި" މަލީހް ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ވިދާޅުވީ މުއިއްޒުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ސައްޙަކަން ދެނެގަންނަން ރައްޔިތުން މިހާރު ބޭނުން ވާނެ ކަމަށެވެ.

"މުއިއްޒު ކިޔަވާ ވިދާޅުވީ އާކިޓެކްޗަ/އިންޖިނިއަރިން ކަމަށް ބުނެ އުޅޭ. ރައްޔިތުން މިހާރު ބޭނުން ވާނެ މުއިއްޒުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ސައްޙަކަން ދެނެގަންނަން. އެހެން ނޫން ނަމަ ޖާބިރު ދައްކާ ޒާތުގެ ހޮޅި ވާހަކަ ނުދައްކަވާނެ. ނޫނީ އަނެއްކާ އުނބަށް ޖައްސަވާނީ ތޯ؟" މަލީހު ވިދާޅުވި އެވެ.

ޖަބީރާއި ރައީސް އެއްގޮތްކޮށްފައި ވަނީ 19 ވަނަ މަޖިލިސް އިިންތިހާބަށް ޖާބިރު ކާށިދޫ ދާއިރާ އަށް ކެމްޕޭން ކުރެއްވި އިރު، އެ ރަށާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަކުން ގުޅައިލައްވާނެ ކަމަށް ރައީސް ވިދާޅުވުމުން މަލީހު އެކަމަށް ޖޯކް ޖައްސަވައި އެ ދެ ތަން ފެންނަ މެޕެއް ޕޯސްޓް ކުރައްވައި، ރަސްމާލެ އާއި މާލެއާ ދެމެދު އެސްލޯން ހޮޅިއެއް "އަޅާފައިވާ" ފޮޓޯއެއް ވެސް ޕޯސްޓް ކުރައްވާފައިވެ އެވެ. އަދި އެއާ އެކީ ލިޔުއްވާފައި ވަނީ "ހޮޅީންގެ ވެރިކަން" ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތް އާދަމް އާޒިމް މަގާމުގެ ހުވާކުރައްވަން ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ވަރަށް ގާބިލު ކުންފުނިތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ކަނޑު އަޑީގެ ޓަނަލް މާލެ އިން ރަސްމާލެ އަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެން ދާނީ< ރައީސް ވިދާޅުވި އެވެ. "އެ ޓަނަލްގައި ދުއްވާ ރޭލުގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް." އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާ އެކީ ފީޒިބިލިޓީ މަޝްވަރާތައް ފަށާފައިވާ ކަމަށާއި މިއީ ޓޫރިޒަމްގެ ވެސް ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރާއްޖެ އަށް ޓޫރިސްޓިން އެތައް ގުނައަކުން އިތުރުވާނެ މަޝްރޫއެއް ކަމަށާއި މި ސަރުކާރުން ކުރާނީ ދެކޮޅުޖެހޭ ކަންތައްތައް ކަމަށް ވެސް ރައީސް އެވެ.