Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

މުސާރައާ ގުޅޭ ގޮތުން ފަތުރަނީ ދޮގު: ފަޒުލް

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ވެރިއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް އޭނަ ދޮގުކުރައްވައިފި އެވެ.

މީޑިއާތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަގެ މުސާރަ އަކީ 186،000ރ. އެވެ. އެއީ ރައީސުލްޖުމްރިއްޔާގެ މުސާރަ އަށް ވުރެ ވެސް ބޮޑު މުސާރައެކެވެ.

މުސާރައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ރައްދުގައި ފަޒުލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ މުސާރައާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު ޕީސީބީ) އިން މައުލޫމާތު ސާފުކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.

"އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސަައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނެ." ފަޒުލް ވިދާޅުވި އެވެ.

އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް އައްޔަން އައްޔަންކުރުމުގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. އޭނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ވެސް އެމްޑީ އެވެ.