Last Updated: November 24, 18:35
Sunday, November 24, 2024
ރިޕޯޓް

ރޭގަނޑު ނިދަން އުނދަގޫ؛ ހައްލެއް ބޭނުން؟

ބައެއް މީހުންނަށް ރޭގަނޑު ނުނިދުމަކީ މިހާރު އާންމުކޮށް ދިމާވާ މައްސަލައެކެވެ. ރޭގަނޑު ހަމަ ނިދި ނުލިބޭ ނަމަ، ސިއްހީ މައްސަލަތައް ކުރިމަތިވެ، އާދައިގެ މަތިން ތިމާ ކުރާ މަސައްކަތަށް ވެސް ބުރޫ އަރާ ގޮތްވެ އެވެ.

އެހެންވެ ރޭގަނޑު އަރާމުކޮށް ނިދާލެވޭ ގޮތްތަކެއް ފަހި ކުރަން ޖެހެ އެވެ. އޭރުން ހެނދުނު ހޭލައިގެން ތާޒާކަމާ އެކު މަސައްކަތަށް ނިކުމެ ދުވާލުގެ ގަޑުތައް ފަަށައި ގަނަވޭނެ އެވެ. އަދި ވަރުބަލި ކަމެއް ނެތި، ދުވަސް ކުރިއަށް ގެންދެވޭނެ އެވެ.

އެހެންވެ ހަމަ ނިންޖަކަށް ބޭނުންވާ ފަރާތްތަކުން މި ހަތަރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭށެވެ.

* ތާވަލެއް ހެދުން:

ތާވަލެއްގެ މަތިން އަބަދުވެސް ތިމާގެ ދުވަހުގެ ކަންތައްތައް ކުރިއަށް ގެންދާށެވެ. ހެނދުނު ހޭލާނީ މިވެނި ގަޑިއެއްގައިކަން އަނބަދު ވެސް ކަނޑައަޅާފައި އޮންނަ ގޮތަށް ރޭގަނޑު ނިދަން ވެސް ހަމަ އެއް ވަގުތެއް ކަނޑައަޅާފައި ބާއްވާށެވެ.

Hours-of-Sleeping

މިސާލަކަށް ހެނދުނު 8:00 އަށް އޮފީހަށް ދާން ޖެހޭ މީހަކު ރޭގަނޑު 10:00 ގައި ނިދާފައި ފަތިސް ނަމާދަށް ހޭލާށެވެ. އަދި އެކަން އެގޮތަށް ދާއީމިކޮށް ކުރިއަށް ގެންދާށެވެ.

އޭރުން ހަމަ ގައިމު ވެސް ރޭގަނޑު ނިދަން އުނދަގޫވާ މައްސަލަ އަށް ހައްލެއް ލިބޭނެ އެވެ.

* ޑައިޓް:

އަބަދުވެސް ބެލެންސް ޑައިޓެއް ގެންގުޅޭށެވެ. ރޭގަނޑު ނިދާ ވަގުތު ގާތްވެފައި ވަނިކޮށް ބަނޑު ފުރަންދެން ކައިގެން ނުނިދާށެވެ.

eatwellplate640

ހަމަ އެ ގޮތަށް ބަނޑުހައިވެފައި ހުއްޓައި ވެސް ނުނިދާށެވެ. މީގެ ސަބަބުން ނިދަން ވަރަށް ބޮޑަށް އުނދަގޫވެ، ހަށިގަނޑަށް ގެއްލުންތަކެއް ލިބޭނެ އެވެ.

* މި އެއްޗިއްސަށް "ނޯ":

ކޮފީ އާއި ސިނގިރެޓް ގަދަ ބާވަތްތަކަކީ ވެސް ނިދުމަށް ހުރަސް އަޅާ އެއްޗިއްސެވެ. އެހެންވެ އެ ތަކެއްޗާ ދުރުވާށެވެ. ކޮފީއަކީ ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ އެއްޗަކަށްވެފައި، ސިނގިރެޓަރަކީ ގިނަ އަދަދަކަށް ނިކޮޓިން އެކުލެވޭ އެއްޗެކެވެ.

coffee-and-cigarettes

އެހެންވެ ރޭގަނޑު ނިދަން ކައިރިވެފައި ވަނިކޮށް އެ ބާވަތްތައް ބޭނުންކޮށްފި ނަމަ ނިދުމަށް ހުރަސް އެވެ. އެހެންވެ ކޮފީ އާއި ސިނގިރެޓަށް "ނޯ" އޭ ބުނާށެވެ.

* އަރާމު ތަންމައްޗެއް:

އަރާމު ނިންޖެއް ނޭނުންވާ ނަމަ އަރާމު ތަންމައްޗަށް ބޭނުން ވާނެ އެވެ. މިކަން ނޭނގޭ މީހަކު ނުހުންނާނެ އެވެ.

އެހެންވެ ތިމާ ނިދާ އެނދަކީ ހަށިގަނޑަށް އަރާމު ތަނަކަށް ހަދާށެވެ. އެނދުގެ ގޮދަނޑި އާއި ބާލީހަކީ މަޑު އަދި ގަޔަށް ފަސޭހަ އެއްޗަކަށް ހަދާށެވެ.

futuristic-kids-bedroom-furniture-design-with-ball-pendant-lamp-and-comfort-reading-nook-beside-the-glass-window

ނިދާ ކޮޓަރިއަކީ ސާފު ތާހިރު އަދި އެތަނުގައި ދުވާ ވަހާއި އަލި ކަމަކީ ވެސް ތިމާގެ ނިދުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. އެހެންވެ މިކަންކަމަށް ހާއްސަ ސަމާލު ކަމެއް ދޭށެވެ.