މި އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުން ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމެރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް– މަޖްލިސް ޕްރައިމަރީ އިންތިޚާބު 2024https://t.co/gX4Vg6k6AH
— MDP Secretariat (@MDPSecretariat) January 27, 2024
އެމްޑީޕީ ޕްރައިމަރީގައި 43 ދާއިރާއަކުން ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އަދި ޕްރައިމަރީއާ ނުމައި 46 ދާއިރާއަކުން ޓިކެޓް ވަނީ ކަށަވަރުވެފައިވެ.
އިއްޔެ ވަނީ ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީ ބާއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ މާޗް 17 ގަ އެވެ. އި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމޮޝަން އީސީ) އިން މާދަމާ ފުރުސަތު ހުޅުވައިލަން ވަނީ ނިންމައިފަ އެވެ. މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ.