Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

އައްޑޫ ކައުންސިލަށް ޕްލާސްޓިކް 2،000 ގޮނޑި ހޯދަނީ

ކައުންސިލް އިދާރާ. ފޮޓޯ/ އަލީ ނާސިރު

އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ޕްލާސްޓިކް 2،000 ގޮނޑި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން އަންނަ މަހުގެ 4 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ.

ކައުންސިލުން ބުނީ ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ.