Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ފުލުހުންގެ ހިދުމަތް ރަނގަޅު ކުރަން ދިރާސާއެއް

އައްޑޫގައި މަސައްކަތްކުރާ ފުލުހުންގެ އިސްވެރިންތަކެއް ބައްދަލުވުމެއްގައި.

ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ފަށައިފި އެވެ.

"ޕަބްލިކް ޕާސެޕްޝަން ސާވޭ" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާ އަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ ދިރާސާއެކެވެ.

މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ހިމެނޭ މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައި ވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށެވެ.

މި ދިރާސާގައި ބައިވެރިވާ މީހުންގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށެވެ.