ހޯމްލޭންޑް މިނިސްޓްރީ އަށް އާންމު ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލަން ހާއްސަ ބިއުރޯއެއް އުފައްދަން ނިންމަފި އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ހޯމް ސެކްޓާ ތެރޭގައި ހުރި ބޮޑެތި އަދި ސިސްޓަމެޓިކް މައްސަލަތައް، އިންޓަމީޑިއޭޓްކޮށް ދާއިމީ ގޮތެއްގައި ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
As we work on our intermediate and longterm plans to resolve major and systematic issues within the home sector, I will continue to address burning issues that are brought to attention via letters, meetings and social media platforms. I am working on establishing public…
— Minister of Homeland Security & Technology (@min_mohst) January 28, 2024
އެގޮތުން ސިޓީގެ ޒަރީއާއިންނާއި ބައްދަލުވުންތަކާއި އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ހުށަހަޅާ މުހިންމު މައްސަލަތައް ވެސް ބައްލަވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އާންމުންގެ ޝަކުވާތައް ބަލާނެ ބިއުރޯއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެތަން ވާނީ ހޯމް މިނިސްޓްރިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުންތައް ހޯދުމުގެ ސެންޓްރަލް ޕޮއިންޓަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.