މީދޫގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަނޑުބިންތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނޫރައްދީން އިންވެސްޓްމަންޓް އެވެ.
އެ ކުންފުންޏާ އެކު ކައުންސިލުން ސޮއި ކުރީ އިއްޔެ އެވެ.
އައްޑޫގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އަވަށަކީ މީދު އެވެ.
އެހެންވެ އެ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި ދޭ ވާހަކަ ދައްކަމުންދާތާ ވެސް ގިނަ ދުވަސްތަކެއްވެއްޖެ އެވެ.
ދަނޑުވެރިން ބުނެފައިވާ ގޮތުގައި ދަނޑުތަކުގައި ކަރަންޓް ނެތުމަކީ ވަރަށް ބޮޑު ދައްޗެކެވެ.