ރާއްޖޭގައި ހުރި ތާރީހީ އަދި ސަގާފީ ތަރިތަކަށް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ހާއްސަކޮށްގެން ކޮންޒަވޭޝަން ލެބޯރެޓަރީއެއް ހަދަން ނިންމައިފި އެވެ.
އެހެންވެ އެތަން ހެދުމަށް ޗައިނާގެ އެހީ އަށް ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އެދިވަޑައިގެންނެވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. މިނިސްޓަރުގެ ހުށަހެޅުމާ ގުޅިގެން ސަފީރު ވަނީ ލެބޯރެޓަރީ ގާއިމުކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
މިނިސްޓަރުގެ ނަސީރުގެ ވާހަކައިގައި ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުންދާ އިރު އެކަމަށް ހާއްސަ ލެބޯރެޓަރީއެއް ނެތުމުގެ ސަބަބުން ތަކެއްޗަށް ބޭނުންވާ އިލްމީ ފަރުވާ ދެވެން ނެތުމުގު ދަތިކަން އޮތް ކަމަށް ވިދާޅުވެފައި އެވެ.