ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމަށް ބަޔަކު މަގުމަތިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މިއަދު ހެނދުނު މާލޭގައި ހިނގި މި ހާދިސާއާ ގުޅިގެން އޭނަ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް ނުލިބެ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެކަމަކު ހަމަލާދިން މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.