ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތީ ގޮތުން ދިރިއުޅުން ގާނާ އަށް ބަދަލުކުރައްވައިފި އެވެ،
މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، ގާނާގެ އަކްރާ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެ ގައުމުގައި ކަމަށް ވާތީ ކަމަށެވެ. ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު ހަމަޖެއްސީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.
I have arrived in Accra, Ghana 🇬🇭 to start work as @TheCVF’s first Secretary-General. Ghana is hosting the Secretariat and this will be my home for a few years. We hope to unlock the investments needed so @TheCVF members can pursue clean growth & climate prosperity. pic.twitter.com/fzaUOxcxCx
— Mohamed Nasheed (@MohamedNasheed) January 30, 2024
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން އަދި ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އޭގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ.
އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.
ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކާ މިދިޔަ މަހުގެ ތެރޭގައި ދުރަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު މި ހަފުތާގެ ތެރޭގައި ސްރީ ލަންކާގައި ކައިވެނި ވެސް ބައްލަވައިގެންފައިވެ އެވެ. މިއީ ދެ އަންހެން ބޭފުޅުން ތިއްބެވި ނަޝީދުގެ ދެވަނަ ކައިވެންޏެވެ.