Last Updated: November 25, 22:26
Monday, November 25, 2024
މުނިފޫހިފިލުވުން

"ކަޕޫރް އެންޑް ސަންސް" ތަފާތު ވާނެ

ސިދާތު އާއި އާލިއާ "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ މަންޒަރެއްގައި.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓް ކުރާ "ކަޕޫރް އެންޑް ސަންސް" ގެ ކާސްޓުން މިއަދު އިއުލާންކޮށްފި އެެވެ.

ޓްވިޓާ މެދުވެރިކޮޮށް ކަރަން ބުނީ އެ ފިލްމުގެ ތަރިންނަކީ ދެ ލޯބިވެރިން ކަމަށްވާ އަޑު ފެތުރިފައިވާ އާލިއާ ބަޓާއި ސިދާތު މަލްއުތުރާގެ އިތުރުން ޕާކިސްތާންގެ އެކްޓަރު ފަވާދު ހާން ކަމަށެވެ.

ކަރަން އަދި ބުނީ "ކަޕޫރް އެންޑް ސަންސް" އަކީ ޒަމާނީ އާއިލީ ހާދިސާތަކެއް ދައްކުވައިދޭ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށެވެ.

BK.JML

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާލިއާ އާއި ސިދާތު އަދި ފަވާދު މި ފިލްމުން ފެނިގެން ދާނީ ތިން ބެއިންގެ ރޯލުންނެވެ. އަދި މި ފިލްމުގައި 90 އަހަރުގެ ކާފައެއްގެ ރޯލުން ރިޝީ ކަޕޫރު ފެނިގެން ދާނެ އެވެ.

މި ފިލްމަކީ ކަރަންގެ ދަރްމާ އަށް ޝަކުން ޑައިރެކްޓްކޮށްދޭ ދެވަނަ ފިލްމެވެ.

އޭނާގެ ފުރަތަމަ ޑައިރެކްޝަނަކީ ކަރީނާ ކަޕޫރާއި އިމްރާން ހާން ލީޑް ރޯލުން ފެނިގެން ދިޔަ 2011 ވަނަ އަހަރުގެ ފިލްމް "އެކް މޭ އޯރް އެކް ތޫ" އެވެ.

"ކަޕޫރް އެންޑް ސަންސް" އަކީ "ހޫބްސޫރަތު" އިން ބޮލީވުޑަށް ތައާރަފްވި ފަވާދު ދަރްމާ އަށް ކުޅޭ ފުރަތަމަ ފިލްމެވެ.

NLK (2)

އެހެން ނަމަވެސް އާލިއާ އާއި ސިދާތު ބޮލީވުޑަށް ނުކުތީ ވެސް ދަރްމާގެ ފިލްމަކުންނެވެ. އެއީ ކަރަން 2012 ގައު ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ.

އޭގެ ފަހުން އާލިއާ ވަނީ އެ ކުންފުނީގެ އިތުރު ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "2 ސްޓޭޓްސް" އާއި "ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ" އެވެ.

މީގެ އިތުރުން އަޔާން މުކަރްޖީ ރަންބީރު ހިމަނައިގެން ދަރްމާ އަސް ޑައިރެކްޓް ކުރާ އާ ފިލްމުގެ ބަތަލާއަކީ ވެސް އާލިއާ އެވެ.

ސިދާތުގެ ކުރިއަށް އޮތީ ވެސް ދަރްމާގެ ފިލްމެކެވެ. އެއީ "ބްރަދާސް" އެވެ