ހުޅުމާލޭގެ ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދޭން ނިންމީ ކަމަށެވެ. އެގޮތުން، "ލީޒް ޓު އޯން މޮޑެލް"ގެ އިންޓްރަސްޓް ރޭޓް 9 ޕަސެންޓުން 6 ޕަސެންފަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 ޕަސެންޓް ކުޑަކުރެވި، އެ އަދަދު ކުޑަކުރެވުނު ނިސްބަތުން ތަ ފްލެޓްގެ އަގުން އުނިކުރަން ވަނީ ނިންމައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ14ގެ މަގު ޗާޓްގެ ދަށުން، ވިނަރެސް މަޝްރޫއުއިން ފްލެޓު ބައްލަވައިގަތް ފަރާތްތަކަށް މަހުކުއްޔާއި ގުޅޭގޮތުން ދިނުމަށް ނިންމާފައިވާ
އިތުރު ލުއިތަކާއި ގުޅޭ: https://t.co/ol5eu1fvId#ހަފްތާ14#އެޗްޑީސީއާއެކު@presidencymv pic.twitter.com/mTJ1EyKUkG
— Housing Development Corporation (@hdcmaldives) February 1, 2024
މީގެ އިތުރުން ޑައުންޕޭމަންޓް ދައްކަން ދީފައި އޮތް ތިން މަސް، މިހާރު ހަ މަހަށް ބަދަލުކޮށް، 6 ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަ ންޖެހޭ އަދަދުން އެވްރެޖްކޮށް 4،200ރ. ރުފިޔާ ކުޑަކޮށްފައިވެ އެވެ. އެޗްޑީސީން ބުނީ މި ޑިސްކައުންޓަކީ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ، ވިނަރެސް މަޝްރޫއު އިން ފުލެޓު ގަނެފައިވާ މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާކުރާ އުސޫލުން ފުލެޓު ގަތް މީހުންނަށް ވެސް މި ލުއިތައް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ބޭންކު ލޯނަށް މަހަކު އެވްރޮޖުކޮށް ދައްކަން ޖެހޭ ކަމަށް ލަފާކުރެވޭ އަދަދުން 4،200ރ. ރފުިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓެއް ދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.