މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.
އެކަން މިއަދު ރަސްމީކޮށް ސޯޝަލް މީޑިއާގައި އިއުލާންކުރައްވައި އޭނަ ވިދާޅުވީ ވާދަކުރައްވާނީ މައްޗަންގޯޅި އުތުރު ދާއިރާ އަށް ކަމަށާއި ކުރިމަތިލައްވަން ނިންމެވީ އެ ދާއިރާގެ ހައްގުގައި ކަމަށެވެ. އޭނަ ވިދާޅުވީ ގައުމީ އެތައް މައްސަލަތަކަކަށް ހައްލު ހޯދަން މަސައްކަތް ކުރެވެން އޮތް އެންމެ ފަހިމަގަކީ ވެސް މަޖިލިސް ކަމަށެވެ.
އެމްޑީޕީގައި ކުރިން ވަަރަށް އިސްކޮށް އުޅުއްވި އަމްރު އަކީ މިހާރު ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އޭނަ އަކީ މިދިޔަ އަހަރު ބޭސއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ރަނިންމޭޓެވެ.
އަމްރު އަށް މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ.