މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, ފަތުހުﷲ ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނަ ވާދަކުރައްވަން ނިންމާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި ތިމަރަފުށި ދާއިރާއަށެވެ.
ޓެކްސް ކަމޮޝަނަރަކަށް ފަތުހުﷲ އައްޔަންކުރީ އޮކްޓޯބަރް 31، 2019 ގަ އެވެ.
އެ މަގާމަށް ވަޑައިގެންނެވުމުބެ ކުރިން އޭނާ ވަނީ މީރާގެ ޑިރެކްޓާ ޖެނެރަލް އޮޑިޓް އެންޑް އެންޑް އިންވެސްޓިގޭޝަންގެ މަގާމާއި ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.