މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވީ ޕީއެންސީ/ޕީޕިއެމް މަޖިލިސް ޕްރައިމަރީގެ މައްސަލައެއް ސިވިލް ކޯޓަށް ހުށައަޅައިފި
އެވެ.
ކޯޓަށް ހުށަހެޅީ ދާއިރާ މެދު ހެންވޭރު ދާއިރާގެ މައްސަލަ އެވެ. މައްސަލަ ހުށަހެޅީ އެ ދާއިރާ އަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ބަލިވި ކެންޑިޑޭޓް ހަސަން ރަމީޒު (ޓިމޯ) އެވެ. ޕްރައިމަރީ ކާމިޔާބުކުރީ ހުސައިން ނާސިހެވެ.
ޓިމޯ ބުނީ ވޯޓް ނުގުނޭ އަދި ވޯޓް ކަރުދާސްތަށް ވީދާލި މެދުހެންވޭރުގެ އަޅުގަނޑު ވާދަ ކުރި ޕްރައިމެރީގެ ނަތީޖާ އިއުލާން ކުރި ގޮތަކީ އިންސާފުން ނެއްޓި ބަލައި ގަންނަ ނަތީޖާ އަކަށް ނުވާތީ އެ މައްސަލަ ކޯޓަށް ވެއްދީ ކަމަށެވެ.
މެދު ހެންވޭރު ދާއިރާގެ ޕްރައިމަރީގެ މައްސަލަ ދިޔައީ ވަރަށް ހޫނުކޮށެވެ. އެގޮތުން ވޯޓްލުން ކުރިއަށް ދަނިކޮށް ވޯޓްފޮށި އެއްލާވެސް ލިއެވެ. އަދި ވޯޓްތައް ގުނަން ތައްޔާރުކޮށް ބަންޑެލް ޖަހާފައި ހުއްޓާ ބަޔަކު މީހުން އެތަނަށް ވަދެ ވޯޓް ކަރުދާސްތައް ވެސް ވީދާލައި އުކައިލި އެވެ. އެހެންވެ އެންމެ ބޮޑު މައްސަލައަކަށްވީ ވޯޓް ލިސްޓުގައި ނެތް ބަޔަކު ބައެއް ލިސްޓުގައި ހިމަނައި މާ ކުރިން ވެސް ޕާޓީގައި ތިބި ބަޔަކު ދަފުތަރާއި ވޯޓާސް ލިސްޓުން އުނިކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މެދު ހެންވާރު ދާއިރާގެ ޕްރައިމަރީ ނާސިހު ކާމިޔާބުކުރި ކަމަށް ނިންމީ 130 ވޯޓުންނެވެ. ޓިމޯ އަށް ލިބުނީ 103 ވޯޓެވެ.