Last Updated: November 24, 13:27
Sunday, November 24, 2024
މުނިފޫހިފިލުވުން

"ފިއުރިއަސް 7" އަށް އޮސްކާ ލިބޭނެ: ޑީސެލް

ޔުނިވާސަލް އިން ނެރޭނެ އެންމެ ބޮޑު ފިލްމަކަށް "ފާސްޓް އެންޑްފިއުރިއަސް 7" ވާނެ ކަމަށް އެ ފިލްމުގެ އެއް އެކްޓަރު ވިން ޑީސެލް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވާ ޕޯލް ވޯކާގެ ޙަރަކާތްތައް ފެނިގެން ދާނެ އެންމެ ފަހު ފިލްމް، "ފާސްޓް އެެންޑް ފިއުރިއަސް 7" ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތިއޭޓަރުތަކުގައި ދައްކާލުމަށް ހަމަޖެހި ވަނީ އަންނަ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.

ވޯކާ ދުނިޔެ ދޫކުރިއެއް ކަމަކު ވިން ޑީސެލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. "ރޮކް" ގެ ނަމުން މަޝްހޫެރު ވިން ޑީސެލް ދެކޭ ގޮތުގައި މިފި ލްމް ވެގެން ދާނީ ޔުނިވާސަލްގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ޙަރަކާތުން ފުރިގެންވާ ފިލްމަކަށެވެ.

އަހަރުގެ ކުރީކޮޅަށް ވުރެ ފަހުކޮޅު ނެރޭ ފިލްމްތައް ކާމިޔާބުވެ އެވޯޑް ލިބުމުގެ ފުރުޞަތު ބޮޑުކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އޭނާ ބުނާ ގޮތުން ނަމަ މި ފިލްމްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވޭނީ، ޖެހިގެން އަންނަ އަހަރުގެ އޮސްކާ ސީޒަންގެ ފެށުމާ އެކު އެވެ.

hr_Fast___Furious_6_-Poster-Preview

އެ ފިލްމާ ބެހޭ ގޮތުން މިހާރު ހުރި ރިވިއުތަކަށް ބަލާ އިރު، އެ ވާހަކަތަކަށް އެހާ ބޮޑު ރައްދެއް ނެތެވެ.

ކޮމެންޓްތަކަށް ބަލާ އިރު، މިފިލްމް ކުޅެފައި ވަނީ ވަރަށް ޚާއްސަ ސައިޓްތައް ނޫނީ ސަރަޙައްދުތަކުގައި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ގޮތަކަށެވެ.

އެހެން ގޮތަކަށް ދަންނަވަނީ ނަމަ ގިނަ މީހުންގެ ވިސްނުން، އޮސްކާއެއް ލިބޭ ވަރު ނުވިޔަސް، ހުރީ ފުދޭ ވަރަކަށް ޕޮޒިޓިވްކޮށެވެ.