Last Updated: November 29, 05:46
Friday, November 29, 2024
ޚަބަރު

ފްލެޓް ލިބުނު ގިނަ މީހުންގެ ޝަރުތު ހަމައެއް ނުވޭ

މިދިޔަ ސަރުކާރުގެ "ދޮރުވެރިޔާ" ސްކީމްގެ ދަށުން ޕްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.

އެތަނުން މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފަ އިނުވާ ކަމަށާއި ބައެއް މީހުންނަށް އިތުރަށް ޕޮއިންޓު ދީފައިވާ ކަމަށެވެ. އަދި ބައެއް މީހުން ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ވެސް ހުރި ކަމަށް އޭސީސީން ބުންޏެވެ.

އެތަނުން ބުނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވިވާ ފޯމުގެ ނިސްބަތަކީ 20.7 ޕަސެންޓް ކަމަށެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓް ކަމަށް ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކަނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތައް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.