Last Updated: November 27, 11:56
Wednesday, November 27, 2024
ޚަބަރު

"ސަވާދީއްތަ ދަތުރު" މި މަހުގެ 10 ގައި ފަށަނީ

"ސަވާދީއްތަ ދަތުރު" ގެ ނަމުގައި ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ބޮޑު ޔޮޓް ރެލީ މި މަހުގެ 10 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި އިވެންޓް ކުރިިއަށް ދާނީ މި މަހުގެ 10-29 އަށެވެ. "ސަވާދީއްތަ ދަތުރު" ގައި ބައިވެރިވާ އުޅަނދުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، އެ ސަރަހައްދުތައް ތަޖުރިބާ ކުރާނެ އެވެ. އެގޮތުން 7 އަތޮޅެއްގެ 10 ރަށަކަށް ޒިޔާރަތްކުރާނެ އެވެ. "ސަވާދީއްތަ ދަތުރު" ފަށާނީ ކ. ކުޑަގިރިންނެވެ. އަދި އެންމެ ފަހު މަންޒިލަކަށް ވާނީ އައްޑޫ ގަމެވެ.

"ސަވާދީއްތަ ދަތުރު" އަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކުރާ އިވެންޓެކެވެ.

ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ މަގުސަދުގައި އެންމެ ފުރަތަމަ "ސަވާދީއްތަ ދަތުރު" ބޭއްވީ 2022 ގަ އެވެ. މި އިވެންޓް އެ އަހަރު ތައާރަފުކުރީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެންނެވެ.