އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ދެ މިނިސްޓަރުންގެ މައްސަލަ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނެވެ. އޭނަ ވިދާޅުވީ މައްސަލަ ހުށަހަޅުއްވައި އޭނަ ވިދާޅުވީ ރާއްޖޭގައި މި ވަގުތު 139،220 ބަންގަލަދޭޝް ވޯކް ޕާމިޓް ހޯލްޑަރުން އެބަތިބި ކަމަށް ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުން ދައްކާ ކަމަށެވެ. އެކަމަޖު ރާއްޖެ އަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންވެ ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ޑިސެމްބަރު 17، 2023 ރާއްޖެ އަށް އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ގެނެވޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އިއުލާން ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އަދި ސަރުކާރުން އެގޮތަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް އާންމުން ތުހުމަތު ކުރުމުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ޓުވިޓާއިން ފޮރިން ލޭބާ ރިޕޯޓް ފޮހެލާފައިވާ ކަމަށާއި އެއީ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ހިސާން ވިދާޅުވި އެވެ.
ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެންނަން ކޯޓާ ދޫކުރުމާއި ހުއްދަ ދިނުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ރާވައި ހިންގުމަކީ ހޯމް ލޭންޑް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. އެކަމަކު ވަޒީފާ އާ ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހިމެނެނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގަ އެވެ.
އެހެންވެ އެކަން ފާހަގަ ކުރައްވައި ހިސާން ވިދާޅުވީ ވަޒީފާ އާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޯށްފައި ނުވާހާ ހިނދަކު އެ ގާނޫނުގެ ދަށުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާ ނުކުރެވޭނެ ކަމަށެވެ. އަދި ވަޒީފާ އާ ބެހޭ ކަންތައްތައް އެވަގުތެއްގައި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީއަކަށް ރައީސް އަށް ހަވާލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިސާން ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރުމާ މެދު ގޮތެއް ނިންމަންނެގި ވޯޓުގައި 23 މެންބަރަކު ން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓް ދެއްވި އެވެ.