އައްޑޫގެ އަވަށްތަކުގެ މަގުތައް މަތީގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މިގޮތަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތަކަކީ އެ އެއްޗެހީގެ ސަބަބުން އާންމުންނަށް ވެސް އުނދަގޫތަކާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ތަކެތި ކަމަށެވެ. ފުލުހުން ބުނި އެފަދަ ވެހިކަލްތައް ޓޯކުރަމުން ގެންދާނެ އެވެ.
ފުލުހުން މިފަދަ ވެހިކަލްތައް ޓޯކުރަން ފެށި އިރު، އައްޑޫގެ މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނަގަން މީގެ ކުރިން ކައުންސިލުން ވެސް ތަކުރާރުކޮށް އަންގާފައިވެ އެވެ. ހާއްސަކޮށް ހުސްކޮށް އޮންނަ ބިންތަކަށް ބާ ވެހިކަލްތައް ޖަމާކޮށްފައި އޮންނަ މަންޒަރު އައްޑޫން ވަރަށް އާންމުކޮށް ފެނެ އެވެ.
އައްޑު އަކީ ގިނަ އަދަދެއްގެ ވެހިކަލްތައް ދުއްވާ ތަނެކެވެ.