ދަ ޑިމޮކްރެޓްސްގެ އައްޑޫސިޓީ ވިމެން ޑިމޮކްރެޓްސް ލީޑަރު އަދި ހުޅުދޫ ދައިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީފިއެވެ.
އެ ޕާޓީގެ އައްޑޫ އަށް ނިސްބަތްވާ ދެ ވެރިއަކު އިސްތިއުފާ ދީފައިވާކަން އެ ޕާޓީއަށް މިހާރު ވަނީ އަންގާފައެވެ. މަޤާމުން އިސްތިއުފާ ދިން ސަބަބެއް ސީދާ ސަބަބެއް ސާފެއް ނުވެއެވެ. އެ ޕާޓީގެ މަޤާމުން އިސްތިއުފާ ދީފައިވަނީ އައްޑޫސިޓީ ހުޅުދޫ ދައިރާގެ ރައީސް ވިދާދާ މުހައްމަދު (އެލްޒީ) އާއި އައްޑޫ ވިމެންސް ޑިމޮކްރެޓްސް ލީޑަރ އާތިފާ އަލީ އެވެ.
އެ ޕާޓީން އިސްތިއުފާ ދީފައިވާކަން ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އަށް ސިޓީއަކުން ވަނީ އަނގާފައެވެ. އިސްތިއުފާ ދިން ފަރާތްތަކަކީ ޑިމޮކްރެޓްސްގެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެކެވެ. އެގޮތުން ޕާޓީގެ މެނިފެސްޓޯ ހެދުމުގައިވެސް މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.
ޑިމޮކްރެޓްސް ޕާޓީ އައްޑޫ ދެ ލީޑަރަކު އިސްތިއުފާ ދީފައިވާއިރު، ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ޕާޓީގެ ހަރަކާތްތައް އައްޑޫގައި ވަނީ ފުޅާކޮށްފައެވެ. އިންތިހާބަށް ފަހު އެ ޕާޓީން ވަނީ ދާދި ފަހުން އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާފައެވެ.