ފަރުމަސް އާލާކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް" ގެ ނަމުގައި ހިންގާ ފުރަތަމަ މިއަދު ކ. މަނިޔަފުށީގައި އިފުތިތާހުކޮށް ދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދެވެ.
ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބާއްވާ ފުރަތަމަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކ.… pic.twitter.com/yHnVEciMRK
— Ministry of Fisheries and Ocean Resources (@MFORmv) February 8, 2024
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އިން މެރިކަލްޗާގެ ދާއިރާއިން ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި، އެކުއަކަލްޗާގެ ނިޒާމުތަކުގެ އިތުރުން ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުން ފަދަ ކަން ދަސްކޮށް ދޭނެ އެވެ.
މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގް ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ރާއްޖޭގެ އެކި ހިސާބުތަކުން 15 މީހަކު ބައިވެރިވެ އެވެ.