Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 2 ޖެހުމާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.